ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކަށް ބަދަލުގެންނަން ޖެހިދާނެ ކަމުގެ އިންޒާރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިރޭ ދެއްވައިފި އެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވަނީ ރައީސްކަން ކުރައްވާފައިވާ ރައީސް ޔާމީން އާއި ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ.
ފަލާހު ވިދާޅުވީ ރައީސް ނަޝީދު މިހާރުވެސް ރާއްޖެއިން ބޭރުގައި ވަޒީފާއެއްގައި ހުންނެވީ ކުރީގެ ރައީސުންގެ އިނާޔަތާއި ސެކިއުރިޓީ ވެސް ނަންގަވައިގެން ކަމަށެވެ. އެކަމަށް އަހަރަކު ހަތަރު / ފަސް މިލިއަން ރުފިޔާ ހަރަދުވާ ކަމަށް ވިދާޅުވި އެވެ.
ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ވާހަކަ ދައްކަވާއިރު އެ ބޭފުޅުންނަށް ދައުލަތުން ކުރައްވާ މިފަދަ ހަރަދުތައް ކުޑަކުރެއްވުމަށް ވާހަކަ ދައްކަވަން ޖެހޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ. އެގޮތަށް ކަންކަން ކުރާނަމަ ރައްޔިތުންގެ މަޖިލިސް ތެރެއިން ވިސްނަންޖެހޭ ކަންކަން ހުންނާނެކަމަށް ވިދާޅުވެ ފަލާހު ވަނީ އިނާޔަތާއި ކުޅެންޖެހިދާނެކަމުގެ ނުސީދާ އިންޒާރު ދެއްވާފަ އެވެ.
މިރޭ ވެސް ފަލާހު ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަން ފާޑުވިދާޅުވެފަ އެވެ. ރައީސް ޔާމީނަކީ އެންމެ ނުބައި ވެރިކަން ކުރެއްވި ރައީސް ކަމަށާއި އަދި އެއީ ހަސަދަވެރިކަމާއި ކިބުރުވެރި ކަމުން ފުރިފައިވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.
			"ކަލް ހޯ ނަ ހޯ"ގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފި
		
			"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
		
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		
								
								
					
					
					
					
					
					
					
					
					
					
					
ތިކަހަލަ ގަޅިވާހަކަ ނުދަށްކާ ތަންކޮޅެއް އޮއްޓަރު ހުންނަ ވަށްތަރުގެ ވާހަކަ ދެއްކުން ބުއްދިވެރި ކަމައްފެނޭ