ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފަށް ހިންގަމުންދިޔަ ހުޅުމާލޭ ފޭސް ދޭއްގެ ހަ ކެފޭއެއް ބަންދުކޮށްފި އެވެ.
އިމިގްރޭޝަނުން އިއްޔެ ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޓާސްކު ފޯސް އިން މިދިޔަ ބުރާސްފަތި ދުވަހު ހުޅުމާލެ ފޭސް ދޭއްގެ ސަރަހައްދުގައި ހިންގަމުން އަންނަ އަށް ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި އިކޮނޮމިކް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އިން ބައިވެރިވި ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އި މިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ އަދި ސާފުތާހިރުކަމުގެ މިންގަނޑާ ހިލާފަށް ހިންގި ހަ ތަނެއް ބަންދުކުރުމަށް ނޯޓިސްދީފައިވާ ކަމަށެވެ. އެ އޮޕަރޭޝަންގައި ސައްހަ ވިސާއެއް ނެތި އެ ތަންތަނުގައި މަސައްކަތް ކުރަމުންދިޔަ ހަތަރު ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ދިރިއުޅެމުންދާ ބިދޭސީންނާ ގުޅޭގޮތުން ލިބުނު މައުލޫމާތާ ގުޅިގެން މިދިޔަ ބުދަ ދަވަހު ވެސް އިމިގްރޭޝަނުން ވަނީ މާލޭގެ ތިން ތަނަކާއި ހުޅުމާލެ ބިދޭސީން ދިރިއުޅޭތަނެއް ބަލައި ފާސްކޮށް ފަސް ފިރިހެނުންނާއި އެއް އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އިމިގްރޭޝަނާއި އިދާރާތައް ގުޅިގެން މިހާރު ކުރިއަށްދާ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ހައްޔަރުކޮށް، އެ މީހުނަށް އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ދަނީ ޑީޕޯޓް ކުރަމުންނެވެ.
			މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!
		
			ހަކުރުބަލި ކޮންޓްރޯލް ކުރަން މުޅިން ތަފާތު އުކުޅުތަކެއް!
		
			އޮފީސް ވަޒީފާތަކުގެ އަނދިރި ފަރާތް!
		
								
								