ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ އަދަދު 4500 އަށް އަރާކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީގެ ފަރާތުން ބުނެފައިވަނީ މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ކުރީގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އެވެ.
އަމީރު ވިދާޅުވީ މީގެ ތެރޭގައި ސަރުކާރު ކުންފުނިތަކަށް ނަގާފައިވާ 2500 ސިޔާސީ މުވައްޒަފުންވެސް ހިމަނޭކަމަށެވެ. ސިޔާސީ މުވައްޒަފުން މިހާ ގިނަވުމުގެ ސަބަބުން މުސާރަގައިގެ ހަރަދު މަދުވެގެން %15 ބޮޑުވެފައިވާ ކަމަށްވެސް އަމީރު ވިދާޅުވި އެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި އެކަނިވެސް ސިޔާސީ މުވައްޒަފުންގެ އަދަދު %8 އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ތެރޭގައި މުވައްޒަފުންގެ މުސާރައަށް އެންމެ ބޮޑު ހަރަދެއް ކުރާ ކުންފުނިތަކުގެ ތެރޭގައި ހިމެނެނީ ފެނަކަ، އެމްއޭސީއެލް، އެމްޓީސީސީ އަދި މޯލްޑިވިއަން ހިމެނޭކަށް އެ ޕާޓީން ބުނެ އެވެ.
ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު ވަނީ ސިއްރުކޮށްފަ އެވެ. ގައުމުގެ އިގްތިސޯދީ ހާލަތުގެ ސަބަބުން ހަރަދު ކުޑަކުރައްވާނެކަމަށް ރައީސް މުއިއްޒުވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އޭގެ ފަހުންވެސް ވަނީ އެތައްބަޔަކު ސިޔާސީ މަގާމުތަކަށް ހަމަޖައްސަވާފަ އެވެ.
ނިދަން އުނދަގޫތަ؟ އަރާމު ނިންޖަކަށް ޑޮކްޓަރުންގެ ދެ އިރުޝާދެއް!
ހޫދުގެ މައްޗަށް އިއްވި 23 އަހަރުގެ ހުކުމް އިސްތިއުނާފުކޮށްފި
އަނުޝްކާގެ ސަޕޯޓަރުންނަށް އޭނާ ވަކިކުރަން ވެސް ނޭނގުނު!