މިހާރު ކުރިއަށް ދާ އޮލިމްޕިކްސްގެ 100 މީޓަރު ފައިނަލް އެމެރިކާގެ ނޯއާ ލައިލްސް ކާމިޔާބުކޮށް ރަން މެޑަލް ހޯދާފައި ވަނީ ވަރަށް ވެސް ތަފާތުކޮށެވެ.
ރޭސް ފެށިގެން 40 މީޓަރު ހަމަވިއިރު ލައިލްސް އޮތީ އެންމެ ފަހަތުގަ އެވެ. 50 މީޓަރު ހަމަވިއިރު އޭނާ އޮތީ ހަތްވަނާއިގަ އެވެ. އަދި ނިމުނުއިރު އޮތީ އެއްވަނައިގަ އެވެ. މި ރޭހުގައި އޭނާވަނީ ގަޑިއަކު 43.6 ކިލޯމީޓަރު ބާރުމިނުގައި ދުވެފަ އެވެ.
މި ރޭހަކީ ވަރަށް ވެސް ކައިރި ކައިރިން ދިޔަ ރޭހެކެވެ. ރޭސް ނިމި ދެތިން މިނެޓް ވީއިރު ވެސް މޮޅުވީ ކާކުކަން ސާފެއް ނޫނެވެ. ލައިލްސް މި ރޭސް ކާމިޔާބުކޮށްފައި ވަނީ 9.79 ސިކުންތުންނެވެ. މި ރޭހުގައި ދެވަނައަަށް ގޮސްފައި ވަނީ ޖެމެއިކާގެ ކިޝާން ތޮމްސަން އެވެ. ރޭހުގައި ބައިވެރިވި 8 ދުވުންތެރިން ވެސް 10 ސިކުންތައް ވުރެ ދަށުން ވަނީ ރޭސް ނިންމާފަ އެވެ. އެހެންކަމުން މި ރޭސް ވެގެން ދިޔައީ މިހާތަނަށް ބޭއްވުނު އެންމެ ބާރު ރޭހަށެވެ.
ލައިލްސް އަދިވެސް ދަނީ ދުނިޔޭގެ ރިކޯޑް މުގުރާލެވޭނެ ކަމުގެ އުންމީދުކުރަމުންނެވެ. ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ދުނިޔޭގެ ރިކޯޑު ހަދާފައިވަނީ 2009 ގައި އުސެއިން ބޮލްޓެވެ. އެއީ 9.58 ސިކުންތެކެވެ.
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!