ރާއްޖޭގެ 59 އަހަރުފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި މާލޭގައި ހަވީރު ބާއްވަން ހަމަޖެއްސި އެމްއެންޑީއެފްގެ ޝަރަފުގެ ހިނގާލުމާއި ކެޑޭޓުންގެ ޕެރޭޑް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކޮށްފި އެވެ.
ޕެރޭޑް ބޭއްވުމަށް ކުރިން ހަމަޖައްސާފައި އޮތީ މިއަދު ހަވީރު އެވެ. އަދި ހަވީރު 4 އިން 6 އަށް އިންޖީނުލީ އުޅަނދު ދުއްވުން މަނާކުރި ނޯޓިސް ވެސް މާލެ ސިޓީ ކައުންސިލުން ވަނީ ކެންސަލްކޮށްފަ އެވެ.
ހަރަދުކުޑަކުރުމުގެ ގޮތުން މި އަހަރުގެ މިނިވަން ދުވަހުގެ ކުޅިވަރު ހަރަކާތްތައް ނުބާއްވަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މިނިވަންދުވަހު ޝަރަފުގެ ހިނގާލުން ދެން ބާއްވާނެ ދުވަހެއް އިއުލާންކޮށްފައި ނުވާއިރު، މިރޭ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. ޖަލްސާ އޮންނާނީ ސޯޝަލް ސެންޓަރުގަ އެވެ.
"ޖުމާންޖީ: އޯޕަން ވޯލްޑް"ގެ ޓްރެއިލާ ދައްކާލައިފި
ހަމާސްގެ ހަތިޔާރު އަތުލުމާ ބެހޭ އެއްބަސްވުމެއް ގާއިމުކޮށްފި
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން