ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުން ޔޫސުފް މާނިއު މުހައްމަދު ވަކިކޮށް އެ މަގާމަށް ޅ. ހިންނަވަރު ސަންދުރަ، ފާތިމަތު ދިޔާނާ، ރައީސް މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ދިޔާނާ، އައްޔަނު ކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރު ފެންވަރުގަ އެވެ. އަދި ދިޔާނާ، މި މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގަ އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި މާނިއު ވަނީ މިއަދު މިނިސްޓަ އޮފް ސްޓޭޓް ފޮ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ މަގާމަށް ބަދަލުކުރައްވާފަ އެވެ.
ދާދިފަހުން ވަނީ ވަގަށް ރާއްޖެއަށް ސިނގެރޭޓް ކޮންޓޭނަރެއް އެތެރެކުރަން އުޅުނު މައްސަލައެއް ފެން މަތިވެ އެ ތަކެތި އަތުލައިގަނެ އެކަމުގައި ޝާމިލްވި ކަސްޓަމްސް އޮފިސަރަކަށް ފިޔަވަޅު އަޅާފަ އެވެ.
އެޕްސްޓީންއާ ބައްދަލުކުރިއިރު، ތުހުމަތެއް ކުރެވޭކަމެއް ނޭނގެ
ހުރާގައި ގެސްޓްހައުސް ތަރައްގީ ކުރަން 17 ބިމެއް ކުއްޔަށް ދެނީ
ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ