މިޑިއާނެޓުން މިހާރު ކުރިއަށް ގެންދަމުންދާ "ލެވަލް އަޕް އެންޑް ވިން" ޕްރޮމޯޝަން ގެ މުއްދަތު 31 ޖުލައިގެ ނިޔަލަށް އިތުރުކޮށްފި އެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނުގައި މީޑިއާނެޓްގެ ޚިދުމަތް ބޭނުންކުރައްވާ ހުރިހާ ރެޒިޑެންޝަލް ކަސްޓަމަރުންނަށް ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ޕްރޮމޯޝަންގައި ބައިވެރިވުމަށް މީޑިއާނެޓް ކަސްޓަމަރުން މިހާރު ގެންގުޅުއްވާ ނުވަތަ އެންމެ ފަހުން އެކްޓިވްކޮށް ގެންގުޅުއްވި ޕެކޭޖަށް ވުރެ ބޮޑު ކޮންމެ ޕެކޭޖެއް ގަނެގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
އެ ކުންފުނިން ބުނީ މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް މުއްދަތު އިތުރު ކޮށްފައިވަނީ ޕްރޮމޯޝަނަށް ލިބުނު ތަރުހީބުގެ ސަބަބުން ކަމަށެވެ. އަދި މި ޕްރޮމޯޝަނުގައި ނަސީބުވެރި 1 ފަރާތެއް ހޮވާ ޕީއެސް 5 ސްލިމް އެއް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް މީޑިއާނެޓުން ބުނެ އެވެ.
ޕެކޭޖު ގަންނަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކަމާއެކު މީޑިއާނެޓްގެ "ކުއިކް ޕޭ" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ޕެކޭޖަށް ފައިސާ ދެއްކޭނެ އެވެ.
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި
ހައްޖު ކޯޕަރޭޝަނުން ޝަކީލް އިސްތިއުފާ ދެއްވައިފި
ސެޓުގައި މީހަކު މަރުވުމުން 40 ލައްކަ ރުޕީސްގެ ބަދަލު ދީފި