ޖެންޑާ މިނިސްޓްރީގެސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޒިފްލީނާ ހަސަން އަގުބޮޑު ފްލެޓެއް ބައްލަވައިގަތީ ނަހަމަގޮތުގައި ހޯދި ފައިސާއިން ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ކުރީގެ ސްޓޭޓް މިނިސްޓަރަކާ ގުޅުން ހުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ކޮރަޕްޝަންގެ މައްސަލައަކަށް ވުމުން ފުލުހުން ވަނީ އެ މައްސަލަ އޭސީސީއަށް ފޮނުވާފަ އެވެ.
ޒިފްލީނާ ފޭސްބުކްގައި ހޮނިހިރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުޅުމާލޭގައި ހުރި އެޕާޓްމަންޓު ބިލްޑިންގް އަކުން އެޕާޓްމަންޓެއް ގަތީ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމު ލިބުމުގެ ކުރިން ކަމަށާއި އެ މަގާމާ ހަވާލުވެ ރައީސް އޮފީހަށް ހުށަހެޅި އެސެޓް ޑިކްލަރޭޝަން ފޯމުގައި އެ އެޕާޓްމަންޓުގެ މައުލޫމާތު ހިމަނާފައިވާނެ ކަމަށެވެ. އަދި އެޕާޓްމަންޓުގައި ދިރިއުޅެމުން އަންނަތާ ހަތަރު އަހަރު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒިފްލީނާ ހުޅުމާލެއިން 3.5 މިލިއަން ރުފިޔާއަށް ފްލެޓެއް ބައްލަވައިގަތް ކަމަށްބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ އެކަމަށް ފައިސާ ހޯދި ގޮތަކާ މެދު ސުވާލު އުފައްދާފަ އެވެ.
އެމްޑީޕީ ބައިބައިވުމުގެ އަސްލު ސޯލިހުގެ ދޫފުޅުން!
ނަޝީދަށް މަރުހަބާ ކިޔަން ދިޔަ ހަތް މުވައްޒަފަކު ސަސްޕެންޑްކޮށްފި
ޝަމްއާންގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި
ފުލުހުން ނިދަނީތޯ. ކޮބާ ފުނަދޫ ތިނު ވިއްކާގެން އަރުވާލި އަދުރޭ ގަތް ފުލެޓް