އިދިކޮޅު އެމްޑީޕީއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަގަހަ ޖަލްސާ ފެށުމުގެ ގޮތުން ގުރުއާން ކިޔެވި އެޗްޑީސީ ގެ މުވައްޒަފަކު އެ ކުންފުނީގެ ވަޒީފާއިން ވަކިކޮށްފި އެވެ.
ގުރުއާން ކިޔެވުމުން ވަޒީފާއިން ވަކިކުރީ އެޗްޑީސީގެ އޮޕަރޭޝަންސް އޮފިސަރު އަހުމަދު ޝާއިން އެވެ. އެޗްޑީސީން އޭނާއަށް މިއަދު ފޮނުވި ޗިޓްގައި ބުނެފައި ވަނީ ވަޒީފާއިން ވަކިކުރީ ތިން ދުވަހަކު ވަޒީފާއަށް ނުނިކުތުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ދިމާވިޔަސް ވަގުތުން ވަޒީފާއަކުން ކަނޑައެއްނުލެވޭނެ އެވެ. ވަޒީފާއާ ބެހޭ ގާނޫނު ބުނާގޮތުން ވަޒީފާއިން ވަކިކުރެވޭނީ ނަސޭހަތާއި އިންޒާރު ދިނުމަށްފަހު އެވެ.
އެމްޑީޕީން ބުނީ އޭނާ ވަޒީފާއިން ވަކިކުރީ ޕޯޑިއަމުގައި ގުރުއާން ކިޔެވުމުން ކަމަށެވެ.
އެޗްޑީސީން މިކަމާ ބެހޭގޮތުން ބުނެފައި ވަނީ އޭނާ ވަޒީފާއިން ވަކިކުރީ ހާޒިރީގެ މައްސަލައަކާ ހެދި ކަމަށެވެ. ނަމަވެސް ހާޒިރީގެ މައްސަލަ އޮތްކަން އެނގުނީ އެމްޑީޕީ ޖަލްސާގައި ގުރުއާން ކިޔެވުމުންތޯ ގިނަ ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ.
ގާނާ ބަލިކޮށް ކޮލަމްބިއާ ގަދަ 16ގެ ބުރަށް
އިތުރު ވަގުތުގައި ކޭޕް ވާޑް އަތުން އާޖެންޓީނާ ސަލާމަތްވެއްޖެ
ޕެނަލްޓީ ޖަހައިގެން އޮސްޓްރޭލިއާ ބަލިކޮށް މިސްރު ގަދަ 16 އަށް

ނުބައި ވެރިން ފެންނާނެ ކަމަށްވޭ. އެހާ މާތް އަކުރުތަކެއް ކިޔެވީމާ ކަނޑާލީ. އޭނަގެ އަތްމަތި ތަނަވަސް ކޮށްދެއްވުމަށް ދުއާކުރަން