މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި އެވެ.
އެ ކުންފުނިން ބުނިގޮތުގައި އަލަށް ބޯޑަށް އައްޔަންކޮށްފައި ވަނީ އައިޝަތު ހަމީދު އާއި އަބްދުލް ސަމީއު އެވެ.
މިދިޔަ މަހު އެމްއެމްޕީއާރްސީގެ ބޯޑަށް ވަނީ ބަދަލުތަކެއް ގެންނަވާފަ އެވެ. އެގޮތުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އިބްރާހީމް ޝިއުރީ ވަނީ އައްޔަންކޮށްފަ އެވެ.
ޝިއުރީ އައްޔަނުކުރެއްވީ އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި ހުންނެވި ފާތިމަތު ތައުފީގު ވަކި ކުރެއްްވުމަށްފަހު އެވެ. އަދި ބޯޑުގެ ޗެއާމަން އާއި އިތުރު މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ނަމަވެސް އެ މަގާމުތަކަށް ބޭފުޅުން އައްޔަންކޮށްފައެއް ނުވެ އެވެ.
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި
މުއިއްޒުގެ މޭޔަރު ކަމުގެ މައްސަލައެއް ބަލަން ފާސްކޮށްފި
އަމީތާބު ދެކިލަން އެއްވި މީހުން ފުލުހުންނަށް ވެސް ކޮންޓްރޯލް ނުވި