10 މީހުންނާއެކު ށ. ވަނގާރުން މާލެ ދަތުރުކުރި ދޯންޏެއް ފަރަށް އަަރަފި އެވެ.
އެމްއެންޑީއެފުން ބުނީ ފަރަށް އަރާފައި ވަނީ 75 ފޫޓުގެ "ނަސްފަރު" ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. މި ދޯނި ނ. ލޯފަރު ފަރަށް އަރާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
ފަރަށް އެރުމުގެ ސަބަބުން ދޯނި ދިޔަވަމުންދާތީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށް އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައިވެ އެވެ.
ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިންނެވެ.
މާފުށީ ބޭރުގައި އޮންނަ ސަފާރީ ތޮށި މައްޗަށް އުރި ފުނޑުފުނޑުވެއްޖެ
ޕެންޝަން ފަންޑުން ހައްޖަށް ދިއުމުގެ ޝަރުތު ހަމަވާ 23،000 މީހުން
ސަމާލުކަން ނުދެވޭ ސިއްހީ ނުރައްކަލެއްގެ އިންޒާރު ދީފި