ރައީސް ޑރ. މުހައްމަދު މުއިއްޒު ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި އެވެ.
ސަފީރުންގެ ގޮތުގައި ރައީސް މިއަދު އައްޔަންކުރެއްވި ބޭފުޅުންނަކީ، ޕީޕަލްސް ރިޕަބްލިކް އޮފް ބަންގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ސ. ހުޅުދޫ، އަސަރީގެ ޝިއުނީން ރަޝީދު، ތުރުކީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ގ. ކަނޑިތޮޅިއާގެ، ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަޙީމް ޢަބްދުއްލަތީފް އަދި ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ގޮތުގައި ނ. ހޮޅުދޫ އުފަންވެލި، މުހައްމަދު ތޯހާ އެވެ.
މި ތިން ބޭފުޅުން ވެސް ސަފީރުކަމަށް އައްޔަންކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރުންގެ ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
"އަލްވަދާއު"ގެ ތަރިންނާ ބައްދަލު ކޮށްލަން ބޭނުންތަ؟
އޮކްޓޫބަރު މަހު ވޭޕް ޖޫރިމަނާއަށް 226،000 ރުފިޔާ
އޮށާޅަ ބިހި ނަގާނަމަ ސަމާލުވާންވީ ދެތިން ކަމެއް!