އިނގިރޭސި ރަސްގެފާނު ޕްރިންސް ޗާލްސް ތިންވަނައިގެ ކޮއްކޯފުޅު ޕްރިންސަސް އޭންގެ ސިއްހީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އެބަދެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި މީގެ ދުވަސްތަކެއް ކުރިން ޕްރިންސަސް އޭންގެ އެސްޓޭޓްގައި ހިނގި އެކްސިޑެންޓެއްގައި އޭނާގެ ސިކުނޑިއަށް ވަނީ ގެއްލުންވެފަ އެވެ.
އެ އެކްސިޑެންޓްގެ ސަބަބުން އޭރުގެ އެއްވެސް ހަނދާނެއް ޕްރިންސަސް އޭންގެ ސިކުނޑީގައި ނެތް ކަމަށާއި މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ ވެސް އެހެންވެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ބަކިންހަމް ޕެލެސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އުމުރުން 73 އަހަރުގެ ޕްރިންސަސް އޭންއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށާއި ވަރަށް އަވަހަށް ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށެވެ.
ޝާހީ އާއިލާގެ އެހެން މެމްބަރެއް ކަމަށްވާ ކޭޓް މިޑްލްޓަން ވެސް ވަނީ ދާދި ފަހުން ހޮސްޕިޓަލުގައި އެނދުމަތިވެ ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށްފަހު އެނބުރި ގަނޑުވަރަށް އައިސްފަ އެވެ.
ސުވާލާއި ޖަވާބު: ރޯދަތައް ގަޟާ ނުކޮށް ހަ ރޯދަ ހިފޭނެތަ؟
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
އީރާނުން ޑީއޭގޯ ގާސިއާއަށް މިސައިލް ހަމަލާތަކެއް ފޮނުވާލައިފި