މާލެއިން 76 ކޭސްއާ އެކު މިއަދު ޖުމްލަ 108 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަދު އަތޮޅުތެރެއިން 12 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން ޖުމްލަ 20 މީހަކު ޕޮޒިޓިވްވެފައިވެ އެވެ.
މިއަދުގެ 108 ކޭސްއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑް ޖެހިފައިވަނީ ޖުމްލަ 19،038 މީހުންނަށެވެ. އެކްޓިވް ކޭސްގެ އަދަދު 2،429 ގައި މިހާރު ހުރިއިރު 16،542 މީހުންވަނީ މިހާތަނަށް މިބަލިން ރަނގަޅުވެފަ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ތިން މީހަކަށް ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން އެކަކު ވަނީ ވެންޓިލޭޓަރުގަ އެވެ.
މިހާތަނަށް މި ބަލީގައި 60 މީހަކު ވަނީ މަރުވެފަ އެވެ
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
ގްރެމީ އެވޯޑް ހުށައެޅި ޓްރެވާއަށް ޓްރަމްޕްގެ އިންޒާރެއް!
ކެއުމުގައި ލުނބޯ ހިމަނަންވީ މިހެންވެ!
