ތިލަމާލެ ބްރިޖު މަސައްކަތް ކުރަމުން ދިޔަ މީހަކު މަރުވުމާ ގުޅިގެން އެކަން ބަލަމުން އަންނަ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަރަކްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހުގެރޭ އަނބުރައިގަނެގެން ވެއްޓިފައި ވަނީ ސިނަމާލެ ބްރިޖުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއްކަމަށް ފުލުހުން ފުރަތަމަ ބުނި ކަމުގައި ވިޔަސް ފަހުން ފުލުހުން ބުނީ އެއީ ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އުޅުނު މީހެއް ކަމަށެވެ. ސިނަމާލެ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތް ކުރަމުން އަންނަތާ މިހާރު ދުވަސްކޮޅެއްވެއްޖެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ މި ހާދިސާގެ ތަހުގީގު މަޝްރޫއުގެ ކޮންޓްރެކްޓަރާއ، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.
އެ ޕޯސްޓުގައި ވަނީ މިހާދިސާގައި ނިޔާވި މީހާގެ ޢާއިލާއަށް ތައުޒިޔާ ފޮނުވައިފަ އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަށް ގެނައި އިރު ވެސް މަރުވެފައި ވަނީ އިންޑިއާގެ މީހެކެވެ.
ކައިޒީން އޭނާގެ ކޮއްކޮއަށް ލަގްޒަރީ އެޕާޓްމަންޓެއް ގަނެދީފި
އިތުރު ވަސީލަތްތަކާއެކު ރަސްފަންނު ތަރައްގީކުރަން ފާސްކޮށްފި
ދިރާގު މާލެ އޯޕަން 2026 – ރަޖިސްޓާކުރުމުގެ މުއްދަތު އިތުރުކޮށްފި