ހުޅުމާލެ ހައިވޭގައި އެކްސިޑެންޓެއް ވުމުން ފިލި މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އަހުމަދު ޝިފާން ވިދާޅުވީ މިރޭ 08:45 ހާއިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާ ލިބުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިނުވާ ކަމަށެވެ.
އެކްސިޑެންޓުވުމުން ސައިކަލެއް ދުއްވަންއިން ޑްރައިވަރު ފިލީ ކަމަށް ޝިފާން ވިދާޅުވި އެވެ.
"ފިލި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން،" ޝިފާން ވިދާޅުވި އެވެ.
ސިނަމާލެ ބްރިޖާއި ހައިވޭގައި އެކްސިޑެންޓް ހިނގުން ވަނީ އިތުރުވެފަ އެވެ. މިފަދަ ބައެއް އެކްސިޑެންޓްތަކުގައި ބައެއް މީހުންނަށް ސީރިއަސް އަނިޔާތަކެއް ވެސް ލިބިފައިވެ އެވެ.
ެިވިކީ 12 ކިލޯ ބަރުވުމަށްފަހު 15 ކިލޯ ހިއްކާލައިފި
ޝޭމްޕޫ އަދި ކޮންޑިޝަނާގެ މަސައްކަތް މުޅިން ތަފާތު!
ހާމަނާއީގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވެއްޖެ
