ދުނިޔޭގެ ކޮންމެ ގައުމަކީ ވެސް އެ ގައުމެއްގެ އިގުތިސާދީ އަދި އިޖުތިމާއީ ހާލަތު ތަފާތު ގައުމެކެވެ. އެއްބައި ގައުމުތަކުގައި ފަގީރުން އިންތިހާއަށް ގިނައިރު އަނެއްބައި ގައުމުތަކުގައި މަހުޖަނުން އެހާމެ ގިނަ އެވެ.
އެގޮތުން ދުނިޔޭގައި އެންމެ ބިލިއަނަރުން ގިނަ ގައުމަކީ އެމެރިކާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެމެރިކާގެ ނިއުޔޯކްއަކީ ތަހުޒީބުވެފައިވާ މަހުޖަނުން ގިނަ ސިޓީ އެކެވެ.
އެއަށްފަހު މަލްޓި މިލިއަނަރުން އެންމެ ގިނަ ގައުމެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ އިނގިރޭސި ވިލާތެވެ. ލަންޑަނަކީ ދުނިޔޭގެ މަޝްހޫރު ގިނަ ވިޔަފާރިތަކެއްގެ ފެށުން އައި ސަރަހައްދެވެ.
އެއާއެކު ޖަޕާނުގެ ވެރިރަށް ޓޯކްޔޯއަކީ އެންމެ ގިނަ މިލިއަނަރުން އުޅޭ ސިޓީގެ ގޮތުގައި ތަފާސްހިސާބުތަކުން ދައްކަ އެވެ. ޖަޕާނަކީ ވެސް ކުރިއަރާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.
މި ތަފާސްހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އެންމެ މަހުޖަނުން ގިނަ ގައުމުތަކުގެ ގަދަ ތިނެއްގައި ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ޖަޕާނެވެ.
ޓްރަމްޕް ޖެހި ހުރަސްތައް ފޫއަޅުވާލާ އިރާނުގެ 34 ބޯޓު ދަތުރުކޮށްފި
އެއްބަސްވުމުގެ މުއްދަތު އިތުރު ކުރިކަން ޓްރަމްޕް އިއުލާންކޮށްފި
ލ. ހިތަދޫގައި މަސް ހިފަން އުޅުނު ޒުވާނަކު މަރުވެއްޖެ