ފުވައްމުލަކުގައި ޑައިވިން އަށް ފޭބި ޗައިނާގެ ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.
އެއީ އެ ރަށުގެ ޑައިވިން ސެންޓަރެއްގެ ހަވާލުގައި ޑައިވިން އަށް ދިޔަ 70 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ ފުވައްމުލަކު ޓައިގާ ޝާކް ޕޮއިންޓަށް ޑައިވިންނަށް ދިޔަ ފަތުރުވެރިއެއް ޑައިވިން ނިންމާލުމަށް ފަހު ދޯންޏަށް އެރިފަހުން ހާލުދެރަވެގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު މެންދުރުވާން އުޅެނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެމީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.
އޭނާ މަރުވީ ޑައިވިން ނިންމާފައި މައްޗަށް އެރިފަހުން ދޯނީގައި އިށީނދެ އިންދާ ކަމަށްވެ އެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނީ އެމީހާއަކީ އެރަށަށް ގޮސްގެން އުޅޭ ޗައިނާ ފަތުރުވެރިންގެ ގްރޫޕެއްގެ ތެރޭގައި ހިމެނޭ މީހެއް ކަމަށެވެ.
			ޝަހީދުންގެ ޝަރަފުގަ ދިދަ ވިހުރުވުން ހަރަކާތް ކުރިޔަށް ގެންގޮސްފި
		
			މާ އަވަސް އަރުވާލައިގެން ކާނަމަ ބަރުދަން އިތުރުވޭ!
		
			ކޮޅުވެއްޓި ހާދިސާގައި އަނިޔާވި ދިވެއްސެއްގެ ހާލު ވެސް ސީރިއަސް