އިނގިރޭސި ވިލާތުގެ ޝާހީ މުނާސަބަތުތަކުގައި ބޭނުންކުރާ އަސްކަރިއްޔާގެ އަސްތަކެއް ދޫވެ ލަންޑަންގެ މަގުމަތީގައި ދުވާ ވީޑިއޯއެއް އާއްމުވެއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި އަސްތަކުގެ ރޫޓިން ހަރަކާތްތަކުގެ ތެރެއިން އެސޮރުމެންނާ ހަވާލުވެ ތިބި ސިފައިންގެ އަތްދަށުން ދޫވެ ހަތަރު އަހެއް ވަނީ ލަންޑަންގެ މަގުމަތީގައި ދުވެފަ އެވެ. ފަސްވަނަ އަހެއް މިނިވަންވާން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބެއް ނުވެ އެވެ.
ފުލުހުންނާއި ސިފައިންގެ މަސައްކަތުން ހަތަރު އަސް އަތުކުރެވުނުއިރު އޭގެ ތެރެއިން ދެ އަހަކަށް ބޮޑެތި އަނިޔާތަކެއް ލިބި ހާލު ސީރިއަސްކަމަށް އެގައުމުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މި ހާދިސާގައި އަސްތަކަށް ސަވާރުވެ ތިބި ސިފައިންގެ އޮފިސަރުންތައް ވެސް އެސޮރުމެން ވައްޓާލާފައިވާއިރު އެ އޮފިސަރުންނަށް ވެސް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
އަހަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ޝާހީ ޖަނަވާރެއްގެ ގޮތުގައި ބޭނުންކުރެވޭ ޖަނަވާރެކެވެ. ތަމްރީނުތަކާއެކު އޮޅު ކުރެވޭ އަހަކީ ކޮންޓްރޯލެއް ނެތި ދޫވެއްޖެނަމަ އެހާ ނުރައްކާތެރި ވެސް ޖަނަވާރެކެވެ.
މުއިއްޒާއި ޝިޔާމް ހަދަނީ ދޮގު، އިހުތިޖާޖު ހުއްޓާނުލާނަން
ކަނދޮޅުދޫގައި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ގާއިމްކުރަނީ
ކިލޯއަކަށް ވުރެ ބަރު މަސް 16 ރުފިޔާއަށް ގަންނަން ނިންމައިފި