އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުން ދިޔަ މުހައްމަދު ނަބީލް (ޔާޔާ ނަބީލް) އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުންދިޔަ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މިފަދަ މައްސަލައެއްގައި އޭނާއަށް މީގެކުރިން ވަނީ ޖަލު ހުކުމެއް ވެސް އިއްވާފަ އެވެ. ބަރަހަނާ ފޮޓޯ އާއި ފާޅުކަން ބޮޑު ގޮތެއްގައި އޮރިޔާންކާޑު އުފައްދާ އާންމު ކުރިކަން ސާތުވެ އޭނާއަށް ކުރީ އެއް އަހަރާއި އެއް މަހާއި ހަ ދުވަހަށް ޖަލު ހުކުމެކެވެ.
ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން އޭނާ ވަނީ އަނެއްކާވެސް އެފަދަ އަމަލުތައް ތަކުރާރުކުރަން ފަށާފަ އެވެ.
"އެއާޕޯޓު ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ"
ޕްރާންސްއަށް އުނދަގޫ މޮޅެއް
ބެންފް ނެޝަނަލް ޕާކް: ކެނެޑާގައިވާ ފުރިހަމަ މަންޒިލެއް!
