ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަރޫނީ ގޫނަތިލަކަ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ބައިނަލްއަގުވާމީ މާލީ މާކެޓުގައި ބޮޑެތި ތަޖުރިބާތަކެއް ހާސިލުކުރައްވައި، ހާވަޑް ޔުނިވަސިޓީން މާސްޓާ އޮފް ލޯ ނިންމަވައިގެން ހުންނެވި އަރޫނީ، މިދިޔަ ބުދަ ދުވަހު މަގާމުން ވަކިވެވަޑައިގެންނެވިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.
ނަމަވެސް ބިޒްނަސް އޮރިޖިނޭޝަނާއި، ގަވަނަންސް އަދި ކްރެޑިޓް ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ސްރީލަންކާގެ ބޭންކުތަކާއި ބައިނަލްއަގުވާމީ އިދާރާތަކުގައި އިސް މަގާމުތައް ފުރުއްވާފައިވާ އަރޫނީ ކުއްލިއަކަށް މަގާމުން ވަކިވި ވަކި ސަބަބެއް އެ ބޯޑުން ހާމައެއް ނުކުރެ އެވެ.
މި ބޭންކަކީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ބޮޑެތި މަޝްރޫއުތަކަށް ފަންޑުކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ނޮވެމްބަރު 16، 2024 ގައި އުފެއްދި މުއައްސަސާއެކެވެ. ނަމަވެސް އެ ބޭންކު އުފެއްދިތާ ދެ އަހަރުވާން ކައިރިވެފައިވީ ނަމަވެސް އޮޕަރޭޝަނަލް ގޮތުން އެއްވެސް ލޯނެއް ދޫކުރަން އަދި އެއްވެސް މަސައްކަތެއް ވެސް ފަށާފައެއް ނުވެ އެވެ.
ޝުޖާއު ވަކިކުރަން ނިންމި ނިންމުން އަނބުރާ ގެންދަން ގޮވާލައްވައިފި
އެމެރިކާ އަކީ ރާއްޖޭގެ ދެމެހެއްޓެނިވި ރަހުމަތްތެރިއެއް: ރައީސް
"އެއާޕޯޓު ފާސް ނަހަމަގޮތުގައި ބޭނުންކުރާނަމަ ފިޔަވަޅު އަޅާނެ"