މޯލްޑިވްސް ފިލްމް އެސޯސިއޭޝަން (އެމްއެފްއޭ) ގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއެފްއޭގެ ޗެއާޕާސަން މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުޙައްމަދު ނަޝީދު (ބޭބީ) މި އަހަރުގެ ފެބުރުއަރީ 18 ވަނަ ދުވަހު ނިޔާވުމާ ގުޅިގެންނެވެ.

އެމްއެފްއޭއިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ އެސޯސިއޭޝަންގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމަށް މީހަކު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން މި މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް އެމްއެފްއޭއިން ބުނެ އެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު، އިންތިޚާބާ ބެހޭ ކޮމެޓީގެ މެމްބަރު ޢާމިރާ އިސްމާޢިލްއާ ގުޅައިގެން ނުވަތަ ތިރީގައިވާ ލިންކުން ލިބޭނެ އެވެ.

އެމްއެފްއޭގެ އެކްސްކޯ އަށް އިންތިހާބު ކުރާނީ ޗެއާ، ވައިސް ޗެއާ، ހަޒާންދާރު ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ތިން މެމްބަރުންނެވެ.

އެމްއެފްއޭއަކީ ފިލްމީ ދާއިރާ ތަރައްގީކޮށް ކުރިއެރުމުގެ މަގުސަދުގައި އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.