ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް)ގެ ގެ 6 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ އިންޓާނަލް ލޭ ހަދިޔާކުރުމުގެ ކެމްޕެއިން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އެ ހޮސްޕިޓަލުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ މި ކެމްޕެއިންގައި ސީނިއާ މެނޭޖްމަންޓުގެ ބޭފުޅުން ވެސް ހިމެނޭ ގޮތަށް މުވައްޒިފުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ޓީޓީއެޗުން ބުނެ އެވެ.

މިމަހުގެ 21 އިން 22 އަށް ކުރިޔަށް ގެންދިޔަ މި ކެމްޕެއިންގެ އަމާޒަކީ، މި ހޮސްޕިޓަލުން ފަރުވާ ހޯދާ ފަރާތްތަކަށާއި، މުޖުތަމައަށް ލޭހޯދުމަށް ހުންނަ ދަތިތަކަށް ލުއިކަމެއް ފޯރުކޮށްދިނުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

"އަޅުގަނޑުމެން މިހާރުން މިހާރަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ނަގާ ލޭ، ރާއްޖޭގެ އެހެނިހެން ސިއްހީ ޚިދުމަތްދޭ ތަންތަނަށް ހަދިޔާކުރެވިގެންދާނެ،" ޓީޓީއެޗުން ބުންޏެެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ އިޖުތިމާއީ ޒިންމާގެ ސަގާފަތެއް ކުރިއަރުވައި، ދިވެހި މުޖުތަމަޢުއަށް ފައިދާކުރާނެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އަބަދުވެސް އަހަމިއްޔަތުކަމެއްދޭ ހޮސްޕިޓަލެކެވެ.