މޯލްޑިވިއަނުން ސްރީލަންކާގެ ކޮލަމްބޯއަށް އަންނަ ބުރާސްފަތި ދުވަހު ދަތުރުތައް ފަށަން ހަމަޖައްސައިފި އެވެ.

ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ އެއާލައިނުން ބުނީ ކޮލަމްބޯއަށް ހަފުތާއަކު ދެ ދަތުރުކުރަން ނިންމާފައިވާ ކަމަށެވެ. މިގޮތުން ކޮންމެ ހޮނިހިރު އަދި ބުރާސްފަތީގައި ދަތުރުކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މޯލްޑިވިއަނުން ކޮލަމްބޯއަށް ކުރާ ދަތުރުތަކުގައި ޓިކެޓްގެ އަގު ފެށެނީ 165 ޑޮލަރުންނެވެ. މީގެ ތެރޭގައި 30 ކިލޯގެ ބެގެޖް އެލަވަންސާއި ކެއުން ވެސް ހިމެނެ އެވެ.

ދަތުރުގެ ތަފުސީލް:

  • މާލެ އިން ފުރުން ރޭގަނޑު 7:35 ގައި، ކޮލަމްބޯ އަށް ޖައްްސާނީ ރޭގަނޑު 9:35 ގައި
  • ކޮލަމްބޯ އިން ފުރުން ރޭގަނޑު 10:35 ގައި، މާލެ އަށް ޖައްސާނީ ރޭގަނޑު 11:25ގައި
  • މި ދަތުރުތަކުގައި ބޭނުންކުރާނީ އެއާބަސް 320 އޭ މަރުކާގެ މަތިންދާބޯޓެއް

މޯލްޑިވިއަންގައި ދަތުރުކުރުމުން ލިބޭ އިތުރު ފައިދާތައް:

  • ނަވަލޯކާ ހޮސްޕިޓަލުން ޑޮކްޓަރަކަށް ދައްކައި އެންޑް މެޑިކަލް ހިސްޓްރީ އިވެލުއޭޝަންއިސްކޮޅާއި ބަރުދަން ބަލާ ޓެސްޓް އަދި ލޮލުގެ ޓެސްޓްތައް ހެދުން
  • ދަތުގެ ޓެސްޓްތައް ހެދުންކްލިނިކަލް ޑައިޓީޝަނަކަށް ދައްކާލުންލެބޯޓަރީ ޓެސްޓްތަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބުން
  • އެކްސްރޭ 5 ޕަސެންޓް ޑިސްކައުންޓްހެލްތު ސްކްރީނިން ޕެކެޖްތަކުން ހާއްސަ ޑިސްކައުންޓް
  • އެހެން އެއާލައިންތަކާއި މޯލްޑިވިއަންގެ ތަފާތުގިނަ ބަޖެޓް އެއާލައިންތަކާ ހިލާފަށް މޯލްޑިވިއަނުން ނިންމާފައި ވަނީ ދަތުރުމަތީގައި ފަސިންޖަރުން މީރު ކެއުން ދީ ހިތްހަމަޖެހޭ ފަދަ ތަޖުރިބާތަކެއް އިހުސާސްކޮށްދޭން.
  • މޯލްޑިވިއަނުން 222 ޑޮލަރަށް ޓިކެޓް ވިއްކާއިރު ކޮންމެ ފަސިންޖަރަކަށް 30 ކިލޯ ދެނީ ބަރުވެގެން ފަސިންޖަރުން އިތުރު ފައިސާ ދައްކަން ނުޖެހި ފަސޭހައިން ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަން.
  • އުމުރުން ދުވަސްވީ މީހުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ދިވެހި ބަހާއި އިނގިރޭސި ބަހުން ވާހަކަދައްކަން އެނގޭ މުވައްޒަފުން ތިބޭނެ.
  • މޯލްޑިވިއަނުން ދަތުރު ރާވާފައި ވަނީ ހަފުތާ ބަންދާ ދިމާކޮށް އޮފީސް ނިމިގެން ދަތުރުކުރެވޭ ގޮތަށް. އަދި އެނބުރި އައުން ވެސް ހޮނިހިރު ދުވަހުގެ ރެއަށް ހަމަޖައްސާފައި ވަނީ އާދީއްތަ ދުވަހު އެނބުރި މަސައްކަތަށް ދެވޭ ގޮތަށް.