ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަ ހަފުތާގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި ޒުވާނަކު މިރޭ ނިޔާވެއްޖެ އެވެ.
މިދިޔަ ހަފުތާގެ ހުކުރު ދުވަހު ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާދެނިކޮށް ނިޔާވީ ދ. ކުޑަހުވަދޫ، ރޭދުވާ، މުހައްމަދު ވިޝާލް، 18 އެވެ.
މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ހަވީރު، 5:00 ހާއިރު އެ އެކްސިޑެންޓް ހިނގީ ނިރޮޅުމަގާއި ގުލްއަލާމާ ހިނގުން ގުޅުނު ކަންމަތީގައި ދެ ސައިކަލު ޖެހިގެންނެވެ.
އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އޭޑީކޭ ހޮސްޕިޓަލްގައި އޭނާއަށް އައީ ފަރުވާދެމުންނެވެ.
އޭނާގެ ކަށުނަމާދު ބާއްވަން ހަމަޖައްސާފައިވަނީ ހުޅުމާލެ ސަހަރާގައި ހުންނަ މިސްކިތުގައި މިރޭ 12:00 ގަ އެވެ.
އެ އެކްސިޑެންޓް ހިނގި މަންޒަރު ފެނުނު ބަޔަކު ތިބިނަމަ އެކަން ފުލުހުންނާ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!
ހުވަދޫ ކަނޑަށް ގެއްލުނު ތިން މީހުން ނުފެނޭ
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން
