މިއަހަރުގެ ފިތުރު އީދު އަހަރުމެންނާ ބައްދަލު ކޮށްފައިވާއިރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މި އީދު ވަނީ އެކި ގޮތްގޮތަށް ފާހަގަ ކޮށްފަ އެވެ.
މުސްލިމުންގެ އެންމެ މުގައްދަސް އެއް މިސްކިތް ކަމުގައިވާ މަސްޖިދުލް އަގްސާގައި ވެސް ވަނީ އެތައް ހާސް ބަޔަކު އެއްވެ މި އީދުގެ އުފާ ފާޅުކޮށްފަ އެވެ.
އެގޮތުން އިއްޔެ ހެނދުނު މަސްޖިދުލް އަގްސާގެ ގޯތި ތެރޭގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރެވުނުއިރު އެ ނަމާދުގައި އެތައް ހާސް މުސްލިމުންނެއް ބައިވެރިވި އެވެ.
އެއާއެކު ވޮލަންޓިއަރުންގެ ޓީމަކުން އަގްސާ މިސްކިތަށް ދިޔަ މީހުންނަް ކަދުރާއި އީދު ސައި ބަހަމުން ގެންދިޔަ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
މީގެ އިތުރުން ފަލަސްތީނުގެ ކުޑަ ކުދިން ވަނީ ފުއްޕާހަމާއި އެނޫންވެސް އެކި ތަކެއްޗާއެކު މިސްކިތުގެ ގޯތި ތެރޭގައި އުފާ ފާޅުކޮށްފަ އެވެ.
މަސްޖިދުލް އަގްސާގައި އީދު ފާހަގަ ކޮށްފައި މިވަނީ އަނިޔާވެރި އިޒްރޭލުން މުޅި ރޯދަ މަހު ޣައްޒާގެ ރައްޔިތުންނަށް ދުއްތުރާ ކުރަމުން ދަނިކޮށެވެ.
އިޒްރޭލުން ފަލަސްތީނަށް ބޮން އަޅަން ފެށިތާ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރު އެގައުމުގެ އަނިޔާވެރި ސިފައިން އަންނަނީ އަގްސާ މިސްކިތުގައި އަޅުކަން ކުރުމަށް ވެސް ހުރަސް އަޅަމުންނެވެ.
ކަނޑުއޮޅި ހުޅުވާލައި، އެމެރިކާގެ ބްލޮކޭޑް ވަގުތުން އުވާލަނީ
ނުކުޅެދޭ މީހުންގެ އިނާޔަތް ޖަމާވުން ލަސްވާ މައްސަލަ މަޖިލީހަށް
200 މެޗު، 6 ވޯލްޑް ކަޕް އަދި 16 ގޯލު: މެސީއަށް އެތައް ރެކޯޑެއް!