އުރީދޫ މޯލްޑިވްސް އިން ކުރިޔަށް ގެންދާ ހަދިޔާ ފޮށިން ހަދިޔާ ލިބުނު ބައެއް ފަރާތް ތަކަށް އިނާމު ހަވާލުކޮށްފި އެވެ. މީގެ ތެރޭގައި އެއާޕޮޑް، އެޕަލް ވޮޗް، އަދި ޖޫސާ ފަދަ އިނާމުތައް ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އުރީދޫން ބުނިގޮތުގައި ހަދިޔާ ފޮށީގެ ދެވަނަ އަހަރު ގުނަމުން ދާއިރު، މި ރޯދަ މަހު ވެސް އެތައް ހަދިޔާއެއް ވަނީ އުރީދޫ ކަސްޓަމަރުންނަށްޓަކައި ހަދިޔާ ފޮށްޓަށް އަޅާ ފުރާލާފަ އެވެ. މީގެ ތެރޭގައި އެންމެ ހާއްސަ އެއް އިނާމަކީ އެޕަލް ވިޝަން ޕްރޯ އެވެ. މީގެ އިތުރުން ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރު ހިމެނޭ ކަަށް އެ ކުންފުނިން ބުނެ އެވެ. ހަމަ މިއާއެކު، ޑޭޓާ ޕެކް، ގޭމިން ޕެކް، އަދި އިތުރު ގިނަ އިނާމު ތަކެއް ހިމެނޭ ކަަމަށް އުރީދޫން ބުނެ އެވެ. އެ ޑޭޓާ ޕެކް ލިބުމުން ވަގުތުން އެކައުންޓް ބެލެންސަށް އެއްވެގެން ދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ހަދިޔާ ފޮށީގައި ބައިވެރިވުމަށް، އުރީދޫ ސުޕަ އެޕަށް ވަނުމަށް ފަހު ހޯމްޕޭޖުގައި އިންނަ ހަދިޔާފޮށި ބެނާއަށް ފިތާލާށެވެ. މިއާއެކު ހަދިޔާ ފޮށްޓެއް ސްކްރީނުން ފެންނާނެ އެވެ. ފޮށި ހުޅުވެންދެން ފޮށްޓަށް ފިތަމުން ގެންދާށެވެ. ފޮށި ހުޅުވުމުން ލިބުނީ ކޮން އިނާމެއްކަން ފެނިގެން ދާނެއެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާފޮށީގައި ބައިވެރިވެވޭނެ އެވެ. އަދި ދެން ހަދިޔާފޮށި ކުޅެވޭނެ ވަގުތު ބެނާއިން ފެނިގެންދާނެ އެވެ. ހަދިޔާ ފޮށި ކުޅޭ ކޮންމެ ފަހަރަކީ އިނާމެއް ލިބޭނެ ފަހަރެކެވެ.

ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން "ސްޓްރީކް" ހެދޭނެ އެވެ. އަދި "ކަރާ ޕޮއިންޓްސް" ލިބިގެންދާނެ އެވެ. ކޮންމެ ދުވަހަކު ކުޅެގެން ޕޮއިންޓް އިތުރުކޮށް ލީޑަބޯޑުގެ ކުރި ހޯދާށެވެ. ކޮންމެ ހަފްތާއެއްގައި ލީޑަބޯޑުގެ އެންމެ ކުރީގައިވާ 3 ކަސްޓަމަރުންނަށް "ވީކްލީ މެގަ ގިފްޓް" ލިބޭނެ އެވެ.

ހަދިޔާ ފޮށިން ހަދިޔާއެއް ހޯދުމަށް އުރީދޫ ސުޕަ އެޕަށް ލޮގިން ކޮށްލާށެވެ. ފަހަރުގައި މިއަހަރު އެޕަލް ޕްރޯ ގެ ނަސީބުވެރިޔަކީ ތިބާ ކަމަށް ވެދާނެ އެވެ.