މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލަރުގެ މަގާމަށް އަހްމަދު އަޝްފާން، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފި އެވެ.
އިމިގްރޭޝަނުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. އަޝްފާން ވަނީ އިމިގްރޭޝަން އޮފިސަރެއްގެ ގޮތުގައި ފާއިތުވި 18 އަހަރު ދުވަހު ހިދުމަތް ކުރައްވާފަ އެވެ.
އޭނާ އަކީ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ގައުމީ ޓީމްގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޭބެ އެވެ. އޭނާ ވެސް މީގެކުރިން ގައުމީ ޓީމަށް ކުޅެފައިވެ އެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަކަށް އައްޔަން ކުރެއްވީ އިބްރާހިމް އަޝްރަފެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނަކީ މުހައްމަދު ޝަމްއާން ވަހީދެވެ.
"ފާސްޓް އެންޑް ފިއުރިއަސް"ގެ ޓީމަށް ރޮނާލްޑޯ ގުޅިއްޖެ
ބީއެމްއެލް އިން ސްޕޯޓްސް ސްކޮލާޝިޕްގެ ފުރުސަތު ދެނީ
ދަރްމެންދްރާގެ މަރަށްފަހު އޭނާގެ އާ ފިލްމެއް!
