ކަނޑުމަގުގެ އިތުރުން ވައިގެ މަގުން ވެސް މުދާ އުފުލައިދިނުމުގެ ހިދުމަތް އެމްޕީއެލް އިން ފެށުމަށް ނިންމައިފި އެވެ.
އެމްޕީއެލްއަކީ މާލޭ އާއި ތިލަފުށި، ހދ. ކުޅުދުއްފުށި އަދި ސ. ހިތަދޫ ވިޔަފާރި ބަނދަރަށް ބޭރުން ގެންނަ މުދާ ބާލައިދޭ ކުންފުންޏެވެ.
އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ސީ ޓު އެއާ ކާގޯ ޓްރާންސްޝިޕްމަންޓް" ހިދުމަތް މާދަމާ ފަށާނެ ކަމަށެވެ.
މިހިދުމަތަކީ މުދާ އެއް ތަނުން އަނެއް ތަނަށް ގެންގޮސްދިނުމަށް ބޭނުންވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް އަދި އަވަހަށް ހިދުމަތް ދިނުމަށް އެމްޕީއެލް އިން ފަށާ ހިދުމަތެކެވެ.
"މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެން ދާނެ،" ބަޔާނުގައިވެ އެވެ.
މިހިދުމަތުގައި ޓެރިފްގެ ގޮތުގައި ނަގާނެ އަދަދުތައް ވެސް އެމްޕީއެލް އިން ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން 20 ފޫޓުގެ ކޮންޓެއިނަރަކަށް 654 ޑޮލަރު އަދި 40 ފޫޓުގެ ކޮންޓެއިނަރަކަށް 812 ޑޮލަރު ނެގުމަށް ވަނީ ނިންމާފަ އެވެ.
"ދުރަންދަރް 2"ގައި ރަންވީރު ނުކުންނާނީ ބަދަލު ހިފަން!
މާލޭ ހިޔާ އެކެއްގެ 5 ވަނަ ފްލޯއިން މީހަކު ވެއްޓިގެން ފަރުވާދެނީ
ރައީސް މުއިއްޒު ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލުކުރަނީ