ލޯކަލް ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ބޭނުންވާ ކަމަށާއި، އެކަމަކު އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މ. ނާލާފުށީ ކައުންސިލްގެ މުވައްޒަފަކު ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ ކައުންސިލްތަކުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ލާމަރުކަޒީ ގާނޫނުގައި ކައުންސިލްތައް ދަށް ފަންތިއެއްގައި "ކެޓަގަރައިޒް" ކޮށްފައި އޮންނާތީ ކަމަށެވެ.
ރަށު ކައުންސިލްގެ އިދާރީ މުވައްޒަފުންގެ މުސާރަ އުޅެނީ ގާތްގަނޑަކަށް 7،000 ރުފިޔާއާއި 9،000 ރުފިޔާއާ ދެމެދު އެވެ.
"ފިނޭންސް މިނިސްޓްރީން، މުސާރަ ބޮޑު ކުރަން ބެލިޔަސް، ކުރެވޭކަށް ނޯވޭ، ގާނޫނުގައި އެހާ ދަށް ފަންތިއެއްގައި ކައުންސިލްތައް ކެޓަގަރައިޒުކޮށްފައި އޮންނާތީ، އެއީ މައިގަނޑު މައްސަލައަކީ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް މިފަދައިން ވިދާޅުވިއިރު، ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީގަ އެވެ. ވެރިކަންކުރާ ޕީއެންސީގައި ތިއްބެވީ 12 މެމްބަރުންނެވެ. .
			ހުޅުމާލެ ވަކި ސިޓީ ކައުންސިލެއް ހެދުމަށް އެދި ގަރާރެއް ހުށަހަޅަނީ
		
			ކަނޑިއާއި ބަޑިން ހަމަލާ ދިން ދުވަސް ފާއިތުވެއްޖެ!
		
			ބޮލީވުޑް ތަރިންގެ މާޒީއަށް ނަޒަރެއް!
		
								
								