އަންނަ ރަމަޟާން މަހުގެ ދުވަސްތަކާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު އޮފީސްތަކުގެ ރަސްމީގަޑިތައް ހާމަކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވި ގޮތުގައި ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރު 1:00 އަށް ކަމަށެވެ.
ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަމަޖައްސަވާފައިވަނީ 2022ވަނަ އަހަރުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެ އޮފީހުން ކަނޑައަޅުއްވާފައިވާ ވަގުތަށް ފައްތައިގެން މަސައްކަތްތައް ރޭވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އަންގަވާފައެވެ.
ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މާޗު މަހުގެ 11 ވަނަ ދުވަހެވެ.
6 މެންބަރެއްގެ ދާއިރާއަށް އިންޑިއާއިން ލެޕްޓޮޕް ހަދިޔާކޮށްފި
ޖިންސީ ގޯނާކުރި މީހަކު ހޯދަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެފި
އީސީން އިސްތިއުފާދިނީ މިނިވަން މާހައުލެއް ނެތުމުން: ޝަކީލް