މާބަނޑު ދުވަސްވަރު އަދި މާބަނޑުވުމަށްފަހު ބަރުދަން އިތުރު ވުމަކީ ގިނަ އަންހެނުންނަށް ކުރިމަތިވާ މައްސަލައެކެވެ. ދާދި ފަހުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި މާބަނޑުވުމަށްފަހު ބަރުދަން އިތުރުވުމަކީ ސިއްހީ ސަބަބުތަކަށް ވުރެ ބޮޑަށް ދަރިއަކު ލިބުމުން ދިރިއުޅުމަށް ގެނެވޭ ބަދަލުތަކެއްގެ ސަބަބުން ކުރިމަތިވާ ކަމެކެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ވިހެއުމަށްފަހު އަންނަ އަހަރެއް ނުވަތަ ދެ އަހަރެއް ތެރޭގައި ބަރުދަނަށް މާބޮޑު ބަދަލެއް ނަޔަސް އޭގެ ފަހުން ދަރިފުޅު ހިނގައިގަންނަ އުމުރުގައި މައިންގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވެ އެވެ.
މިކަމުގެ ސަބަބަކަށް ވަނީ ދަރިން ބޮޑުވަމުން އަންނައިރު ދިރިއުޅުމުގެ އާދަތަކަށް އަންނަ ބަދަލުތައްކަމުގައި މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ބުނެ އެވެ.
އެގޮތުން ދަރިންގެ ކަންކަމުގައި މާބޮޑަށް މަސްއޫލުވެ އުޅެންޖެހުމުގެ ސަބަބުން އަމިއްލަ ނަފްސަށް ދޭންވާ ވަގުތު ނުދެވުމަކީ އޭގެ މައިގަނޑު އެއް ސަބަބެވެ. ކަސްރަތު ނުކުރުމާއި ކެއިން ބުއިމަށް އަންނަ ބަދަލުތައް މީގެ ތެރޭގައި ހިމެނެ އެވެ.
ހަމަ އެއާއެކު ނަފްސާނީ ދުޅަހެޔޮ ކަމަކީ ވެސް މައިންގެ ބަރުދަނަށް އަސަރު ކުރާ ކަމެކެވެ. ޕޯސްޓް ޕާޓަމް ޑިޕްރެޝަން އާއި އެންޒައިޓީ ގެ އިތުރުން ސްޓްރެސްއަކީ ބަރުދަން އިތުރުވުމުގައި ބޮޑު ދައުރެއް އަދާކުރާ ކަންކަމެވެ.
ތިބާއަކީ އާއިލާއެއް ފެށުމަށް ވިސްނާ ފަރާތެއް ނަމަ މިކަން ކަމާމެދު ވިސްނަން ޖެހޭނެ އެވެ. އަދި ބައިވެރިޔާއާއެކު މަޝްވަރާކޮށް މާބަނޑުވުމަށް ފަހު ވެސް ތިބާގެ ސިއްހަތާއި އަމިއްލަ ނަފުސަށް އިސްކަންދޭ ބަޔަކަށްވުމަކީ ވަރަށް މުހިންމު ކަމެކެވެ.
 ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
			ޔަހޫދީން ވައިގެން ހަމަލާތަކެއް ދީ 100 މީހުން ޝަހީދުކޮށްލައިފި
		 މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
			މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					