ހުޅުމާލެ ދެވަނަ ފިޔަވަހީގައި 150 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް އާބަންކޯ އިން ފަށައިފި އެވެ.
އާބަންކޯ އިން ބުނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމަށް، ވަގުތީ މިސްކިތެއް ބިނާ ކުރުމުގެ މަސައްކަތް އެ ކުންފުނިން ހަލުވިކަމާއެކު ކުރަމުންދާ ކަމަށެވެ.
މި މިސްކިތަކީ އަންހެނުންނާއި ފިރިހެން ބައި ވަކިކޮށް ހަދާ މިސްކިތެއް ކަމަށް އާބަންކޯ އިން ބުންޏެވެ.
އެ ކުންފުނީގެ އަމާޒަކީ ރަމަޟާންމަހުގެ ކުރިން މި ވަގުތީ މިސްކިތް ނިންމުން ކަމަށް އާބަންކޯ އިން ބުންޏެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިހާރު ވެސް ދެ މިސްކިތެއް ހުރެ އެވެ. އަދި އެ ސަރަހައްދުގައި އިތުރު މިސްކިތްތަކެއް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
ޗެއާޕާސަން ކަމަށް ކުރިމަތިލީ އެމްޑީޕީ ރާވާލަން: މީކާއީލް
އެމެރިކާގެ ނޭވީއިން ބޯޓުތަކަށް ދިން ހަމަލާގައި 5 މީހުން މަރުވި
އެންޒައިޓީ: ނަފްސާނީ ނުތަނަވަސްކަމުން ޖިސްމާނީ ބަލިތަކަށް!