މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް ގިނަ ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. އެގޮތުން މި ދުވަސްވަރު ބަނޑު ހަރުވެ ބޮޑުކަމުދާން އުނދަގޫ ވުމަކީ ގިނަ އަންހެނުންނަށް ދިމާވާ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެކަމަށް ކުރެވިދާނެ ބައެއް ގެވެށި ފަރުވާ ތަކަށެވެ.
ލުނބޯ ޖޫސް
ލުނބޯ ޖޫހަކީ އޭގައި ހިމެނޭ މާއްދާތަކުން ހަޖަމު ކުރުން ފަސޭހަވެ ހަށިގަނޑުގައިވާ ބައެއް ވިހަ ބޭރުކޮށްދޭ އެއްޗެކެވެ. އެގޮތުން ހެނދުނު ހޭލައިގެން 2-3 ސަމްސާ ލުނބޯ ހުތް ތަފަނާ ފެން ތަށްޓަކަށް އަޅައިގެން ބޯށެވެ.
ކާށިތެޔޮ
ކާށިތެލަކީ އޭގައި ހިމެނޭ ގުދުރަތީ މާއްދާތަކުން ބަނޑުގައި ހަރުލާފައި ހުންނަ ބޮޑުކަމުދަތަކެތި ގޮހޮރުން ފަސޭހައިން ދަތުރުކޮށް ބޭރުވުމަށް އެހީވެދޭ އެއްޗެކެވެ. ބަނޑު ހިކޭނަމަ ކޮންމެ ދުވަހަކު ކާށިތެޔޮ ސަމްސާއެއް ބޯން އާދަކުރާށެވެ.
ޕްރޮބައޮޓިކްސް
ޕްރޮބައޮޓިކްސް އަކީ ހަށިގަނޑަށް ބޭނުންވާ ލައިވް ބެކްޓީރިއާ (ރަނގަޅު ބެކްޓީރިއާ) އަދި އީސްޓް އެވެ. ހާއްސަކޮށް މި ދެމާއްދާ ހިމެނޭ ކާއެއްޗިހި ބޭނުން ކުރުމުން ހަށިގަނޑުގައި ރަނގަޅު ޖަރާސީމު އިތުރުކޮށް ހަޖަމްގެ ނިޒާމުގެ މައްސަލަތަކަށް ހައްލު ލިބެ އެވެ. މިފަދަ ކެއުންތަކުގެ ތެރޭގައި އެންމެ މަޝްހޫރު ކެއުމަކީ ޔޯގަޓް އެވެ.
ފެން
ފެން ބުއިމުން ކާނާ ހަޖަމްވެ ފަސޭހައިން ބޮޑުކަމުދެވޭނެ އެވެ. އެގޮތުން މާބަނޑު ދުވަސްވަރު ކޮންމެ ދުވަހަކު މަދުވެގެން ދެ ލީޓަރު ފެން ބުއިމަކީ މުހިއްމު ކަމެކެވެ.
 ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
			ސަރުކާރުން ކުރި ތުހުމަތުތައް ރިޔާޒު ދޮގުކުރައްވައިފި
		 އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
			އެކްސިޑެންޓެއްގައި މީހެއްގެ ބޯ ފަޅައިގެން ހިނގައްޖެ
		 މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
			މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
		 
					 
					 
					 
					 
					 
					 
					 
					 
					