އައްޑޫ ސިޓީގައި ހުންނަ ފައިވާން ފެކްޓަރީއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ހިތަދޫ ފެބުރުއަރީގެ ކައިރީގައި ހުރި ފައިވާން ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ސަދާން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް އައިއިރު ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އައްޑޫގެ އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭއިރު، މިހާރު ވެސް އައްޑޫއަށް އަންނަނީ ބޯކޮށް ވާރޭވެހެމުންނެވެ. މި ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަދެފައިވާއިރު، މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ އައްޑޫއާއި ފުވައްމުލަކަށް އޮރެންޖް ސަމާލު ނެރެފަ އެވެ.
ރޯނިތުއަށް ހޮލީވުޑްގެ ފުރުސަތު ގެއްލުނީ ކަރަންގެ ސަބަބުން؟
ހަކުރު ބަލި ކޮންޓްރޯލް ކުރަން ގޭގައި ކުރެވިދާނެ ދެތިން ކަމެއް!
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ