ދުނިޔޭގެ ކޮފީ ޖައަންޓް ސްޓާބަކްސްއަށް ދުވަހަކުވެސް ނުލިބޭހާ ބޮޑު ގެއްލުމެއް މިއަހަރުގެ ފަހު ކުއާޓަރުގައި ލިބިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
އެގޮތުން ބާޒާރުގައި ސްޓާބަކްސްގެ އަގު 11 ބިލިއަން ޑޮލަރު ދަށްވެފައިވާއިރު ހިއްސާގެ އަގު ވެސް ބޮޑުތަނުން ދަށަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސްޓާބަކްސްއަށް ރެކޯޑު މިންވަރަކަށް ގެއްލުން ލިބިފައި މިވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް ހިންގަމުން އަންނަ އިޒްރޭލަށް އެ ކުންފުނިން ތާއީދު ކުރާތީ ކުންފުނީގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާ ކެމްޕެއިނެއް ހިނގަމުން އަންނަ ދަނޑިވަޅެއްގަ އެވެ.
އެގޮތުން ބޮއިކޮޓް ސްޓާބަކްސްގެ ނަމުގައި އެ ކެމްޕެއިން ހިންގާއިރު ކުންފުނީގެ ބްރާންޗްތަކުގެ ވިޔަފާރިވެސް ކުރިއާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ.
ސްޓާބަކްސްގެ އިތުރުން ދުނިޔޭގެ އެހެން މަޝްހޫރު ބްރޭންޑްތަކާ ދެކޮޅަށްވެސް ހަމަ މިސަބަބަށްޓަކައި ބޮއިކޮޓް ކެމްޕެއިންތައް ދަނީ ހިންގަމުންނެވެ.
އޭގެ ތެރޭގައި ފެޝަން ބްރޭންޑްސް ކަމަށްވާ ޒާރާގެ އިތުރުން ކޮކާކޯލާ، މެކްޑޮނަލްޑްސް، ކޭއެފްސީ، ލޮރެއަލް އަދި ކިޓްކެޓް ފަދަ ބްރޭންޑްތައް ހިމެނެ އެވެ.
"ދަނޑުވެރި ނަފާ" ލޯނު އިސްލާމީ އުސޫލަށް ބަދަލުކޮށްފި
ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ ގޮތުން މަޝްވަރާ ނުކުރަން: އީރާން
އީރާނުގެ ތެލާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މެދުކަނޑާލައިފި