އެޗްޕީއޭގެ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިލް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވިކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޮޅިގެން ޓުވީޓްކޮށްފި އެވެ.

މައިމޫނާގެ މަންމަ ނިޔާވެއްޖެ ކަމަށް ބުނެ ޚަބަރު ފެތުރެން ފެށުމުން ހެލްތު މިނިސްޓްރީން ވެސް އެކަން ވަނީ ދޮގުކޮށްފަ އެވެ.

ރައީސް ނަޝީދަށް އޮޅިގެން ކުރެވުނު ޓުވީޓްގައި ވަނީ މައުމޫނާގެ މަންމަ ނިޔާވި ހަބަރު އެހީ ފުން ހިތާމައާއެކު ކަމަށް ވިދާޅުވެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

"މިފަދަ ނާޒުކު ދަތި އުނދަގޫ ވަގުތެއްގައި މައިމޫނާ އަށާއި އާއިލާއަށް ލިބިވަޑައިގަތް ހިތާމައަށް އިހުލާސްތެރި ތައުޒިޔާ ދަންނަވަން އަދި މަރްހޫމާއަށް ސުވަރުގެ މިންވަރު ކުރައްވާށި،" ނަޝީދުގެ ޓްވީޓުގައިވެ އެވެ.

މެންދުރު 1:12 ގައި ރައީސް ނަޝީދު ވަނީ އެ ޓުވީޓް ފަހުން ޑިލީޓްކުރައްވައިފަ އެވެ. މިއީ ނަޝީދު ފަދަ ބޭފުޅެއްގެ އަތުން ވަރަށް މަދުން ނޫނީ ނުހިނގާ ކަމެކެވެ.