އެސްޓީއޯ އިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ބުނީ މިއަދުން ފެށިގެން ޑީސަލް ލީޓަރަކުން 0.45 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 0.40 ލީޓަރު އުނިކުރަން ނިންމާފައިވާ ކަމަށެވެ.
އެސްޓީއޯ އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އެންމެފަހުން ހެޔޮކުރީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ. އެ ފަހަރު ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 63 ލާރި އަގުހެޔޮކުރި އެވެ.
މި ބަދަލާއެކު ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 14.33ރ. އަށެވެ. ކުރިން ވިއްކީ 14.73ރ. އަށެވެ. ޑީސަލް ލީޓަރެއް މި ބަދަލާއެކު ލިބޭނީ 14.62ރ. އަށެވެ. ކުރިން ވިއްކީ 15.07ރ. އަށެވެ.
ގައުމީ އިނާމަށް ނަން ހުށަހެޅުން ބުދަ ދުވަހު ހުޅުވާލަނީ
އީރާނުގެ އިންޒާރާއެކު ހަމަލާ ނުދޭން ޓްރަމްޕް އަންގައިފި
ހެލިކޮޕްޓަރުގެ ހިދުމަތް ދޭން ހުށަހަޅާ މުއްދަތު އިތުރުކޮށްފި
