ގާޒާގައި ހަނގުރާމަކުރަމުން ގެންދާ އިޒްރޭލްގެ ހަނގުރާމަވެރިންގެ ތެރޭގައި އާދަޔާ ޚިލާފު ބާރު މިނެއްގައި ޝިގެއްލާ ފެތުރެމުން އަންނަ ކަމަށް ބުނެފި އެވެ.
ހިބުރޫ ބަހުން ނެރޭ އިޒްރޭލުގެ ނޫހަކާ ހަވާލާދީ ބުނެފައިވާގޮތުގައި ގާޒާގެ ތެރޭގައި ހަނގުރާމަކުރަން ފެށި ފަހުން މި ބަލި މަޑުކަން އަންނަނީ އިތުރުވަމުންނެވެ.
ސިފައިންނަށް ފަރުވާދިން ޑޮކްޓަރަކާ ހަވާލާ ދީ، ބަލި މަޑުކަމާ ބެހޭ ޚަބަރު ރިޕޯޓުކުރި ހިބުރޫ ނޫހުން ބުނެފައިވާ ގޮތުގައި ބަލި ފެތުރުނު އަސްލު ސަބަބަކީ ސިފައިންނަށް ލިބޭ ކާބޯ ތަކެއްޗެވެ.
އައިޑީއެފްއާ ހަވާލާދީ އެ ނޫހުގައި ލިޔެފައި ވާގޮތުގައި ހަނގުރާމަ ފެށުނީއްސުރެ ތަފާތު ފަރާތްތަކުން އަންނަނީ ސިފައިންނަށް ކާބޯތަކެތި ހަދިޔާ ކުރަމުންނެވެ.
ހިބްރޫ ނޫހާ ވާހަކަދެއްކި ޑޮކްޓަރު ބުނެފައިވާގޮތުގައި ސިފައިންނަށް ދިމާވަމުންދާ ޝިގެއްލާ ބަލިމަޑުކަމުގެ އަސްލު ސަބަބަކީ ކާބޯތަކެތި ރައްކާކުރާ ގޮތާއި ކެއްކުމުގައި ރަނގަޅަށް ފަރުވާތެރިނުވެވުމެވެ. ކޮންމެ ގޮތަކަށް ދިމާވި ކަމަށް ވިޔަސް ސިފައިންގެ ތެރޭގައި ޝިގެއްލާ އަންނަނީ ކަންބޮޑުވާ ވަރަށް ބާރަށް ފެތުރެމުން ކަމަށް އައިޑީއެފުން ވެސް ބުނެ އެވެ.
އަސޫތާ ހޮސްޕިޓަލުގެ އިންފެޝަސް ޑިޒީސް ޔުނިޓްގެ ޑިރެކްޓަރާ ހަވާލާދީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އެންމެ ފުރަތަމަ އެ ބަލި މަޑުކަން ފެށިގެން އައީ ގާޒާއަށް ހަމަލާދިނުމަށްޓަކައި ހަނގުރާމަވެރިން އެއްވެ މަޑުކޮށްގެން ތިބި ސަރަހައްދުގަ އެވެ. އެއަށްފަހު ގާޒާއަށް ހަނގުރާމައަށް ދިޔަ ހުރިހާ ސިފައިންނަށް ވެސް މި ބަލި ވަނީ ފެތުރިފަ އެވެ.
ކެއުމުން ފަލަވަނީ، ނުކައި ހުރުމުން ވަރުބަލިވަނީ، ހައްލަކީ ކޮބާ؟
ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ބާރު ރައީސަށް ދޭތީ ކަންބޮޑުވުން
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!