މިއަަދު ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ އިއުލާން ނުކުރަނީސް ޕާޓީގެ ރައީސް ކަމަށް އިންތިހާބުވެއްޖެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އިއުލާން ކުރައްވައިފި އެވެ.
ޕާޓީގެ ރައީސް ކަމަށް ވާދަކުރެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މުހައްމަދު ރަޝާދާއި މިވަގުތު ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފެވެ.
ހަސަން ލަތީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަތީޖާ ޝީޓްތަކުން ދައްކަނީ ބޮޑުތަފާތަކުން އޭނާ ރައީސްކަމަށް އިންތިހާވިކަން ކަމަށެވެ.
ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 16:00 ގައި ނިމި މިހާތަނާ ހަމައަށް އައިއިރު ވެސް ވަގުތީ ނަތީޖާ އިއުލާނުކޮށްފައެއްނުވެ އެވެ. އެކަމާ ގުޅިގެން އެ ޕާޓީގެ އާންމު މެމްބަރުން އަންނަނީ ނުރުހުންފާޅުކުރަމުންނެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ އެރެއިން އެރެއަށް ލިބެމުންދިޔައިރު، މި އިންތިހާބުގެ ވަގުތީ ނަތީޖާ މިރޭ އިއުލާން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް އެ ޕާޓީގެ އާންމު މެމްބަރުން ބުންޏެވެ.
ދަ ޑިމޮކްރެޓްސް އިން ނިންމާފައި ވަނީ މާދަމާ ނަތީޖާ އިއުލާން ކުރުމަށެވެ.
ބީއެމްއެލް އާއި މާސްޓަ ކާޑު ގުޅިގެން 100،000ރ. ލިބޭ ޕްރޮމޯޝަނެއް
މެކްސިކޯ ކަޓުވާލައި، އިންގްލެންޑް ކުއާޓާ އަށް
ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 20 މީހުން މަރު
