ރާއްޖޭގެ ބްރޯޑްކާސްޓިންގް ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުންނާ ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ހަލީލް، ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ވަނީ ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލުން މީޑިއާގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ދިމާވާ ދަތިތަކާއި، މި ދާއިރާ ގައި ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކޮށްފަ އެވެ. އެމްއެމްސީ އަދި ބްރޮޑްކޮމް އިން ވަނީ 2008 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ މީޑިއާއާ ގުޅޭ ލީގަލް ރީފޯމް ހުއްޓިފައިވާކަން ފާހަގަކޮށްފަ އެވެ.
ސަރުކާރުގެ އެހީތެރިކަމާއެކު މީޑިއާތަކުގައި މަސައްކަތްކުރާ މީހުން ބިނާކުރުމަށް ބޭނުންވާކަމާއި، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަން ބްރޯޑްކޮމް އިން ފާހަގަ ކުރި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިންވެސް ރާއްޖޭގެ ހުރިހާ މީޑިއާ ތަކަކާ ބައްދަލުކުރައްވާފައި ވެއެވެ.
ރައީސްގެ ބައްދަލުކުރެއްވުމުގައި ވަނީ ސަރުކާރުން މައުލޫމާތު ފޯރުކޮށް ދިނުމުގައި މީޑިއާތަކުގެ މެދުގައި ތަފާތު ކުރުން ނުގެންގުޅޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
މެރިން އެކްޕޯގެ މޮޓޯ އެކްސް ސްޓޯލަށް ގޮސްގެން ހާއްސަ އޮފާތަކެއް
"ނަތީޖާ ނެރެވޭނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށްގެން"
ކެއްކުމުގެ ކުރިން ކުކުޅުގެ ހަން ނޮޅަން ޖެހޭނެތަ؟
