ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފި އެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ އެ ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ފަނޑިޔާރު ކަމުން ރިޓަޔާ ކުރެއްވުމުންނެވެ. އޭނާ ރިޓަޔާ ކުރެއްވީ ސިއްހީ ސަބަބުތަކަށްޓަކައި ކަމަށް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން މިއަދު ކުރި އިއުލާނުގައި ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 12 ވަނަ ދުވަހުގެ ހެނދުނު 11:00 ކަމަށެވެ.
އެ މަގާމަށް އެދި ހުށަހަޅަން ޖެހޭނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ޝަކީލް ރިޓަޔާކުރެއްވުމުން އެ މަގާމަށް އެ ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ވަނީ ހަމަޖައްސާފަ އެވެ.
ޕްރިންސް ޖޯޖްގެ އިސްކޮޅުން އެންމެން ހައިރާން ކޮށްލައިފި
ފުންފަޅުގޭގައި ރޯވުން: 28 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދިން
ސްރީލަންކާގެ ޖަލެއްގައި ހިނގި ހަމަނުޖެހުމެއްގައި 20 މީހުން މަރު
