ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) މެލޭޝިއާ އިން ޑިޕޯޓްކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.
"ހުރިހާ"އަށް މައުލޫމާތު ދިން އެކަމުގެ މައުލޫމާތު އެނގޭ މީހަކު ކިޔައިދިންގޮތުގައި އަބްދުﷲ ހިފެހެއްޓީ ޓެރަރިޒަމަށް ހިތްވަރުދޭ ބޭފުޅެއްގެ ގޮތުގައި ތުހުމަތުކޮށެވެ.
އޭނާ ކިޔައިދިން ގޮތުގައި އެކަން މެދުވެރިވީ ސަރުކާރުން ތައްޔާރުކޮށް މެލޭޝިޔާއަށް ފޮނުވާފައިވާ ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއްގައި އަބްދުﷲގެ ނަން އޮތުމުން ވީ ގޮތެކެވެ.
މިކަމާ ގުޅޭގޮތުން މެލޭޝިޔާގެ ސަރުކާރުން ވެސް އަދި ދިވެހި ސަރުކާރުން ވެސް ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ.
ބީއެމްއެލްގެ 1،224 ފްލެޓްގެ އަމަލީ މަސައްކަތް ފަށައިފި
ބަރުދަން ލުއިކުރުމުގެ ޖާނީއިން ޝާމި ފިޓްނަސް ކޯޗަކަށް
2027 ގެ އީދުގައި ސަލްމާންގެ ފިލްމެއް؟
