ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓަށް އިންޑޮނޭޝިޔާގެ ޖަމާއަތެއް އިތުރުކޮށް، ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު މިއަދު އާކޮށްފި އެވެ.
ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތައް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހެ އެވެ. އެ ގާނޫނުގެ ދަށުން ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފައާ އެކު، ކޮންމެ އަހަރަކު އެއްފަހަރު އެ ލިސްޓު މުރާޖައާކޮށް އާއްމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލާޒިމު ކަމެކެވެ.
ކުރިއެކޭ ވެސް އެއްގޮތަށް މިފަހަރު ނެރުނު ލިސްޓުގައި ވެސް ހަނގުރާމަވެރި ސަރަހައްދުގެ ގޮތުގައި ސީރިޔާގެ ހުރިހާ ސަރަހައްދެއް ހިމަނާފައިވެ އެވެ.
ޓެރަރިސްޓް ޖަމާއަތުގެ ލިސްޓަށް އަލަށް އިތުރުކުރީ އދ. ގެ ސެކިއުރިޓީ ކައުންސިލުން ވެސް ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި 2020 ވަނަ އަހަރު ކަނޑައަޅާފައިވާ ޖަމާ އަންޝާރުއް ދައުލާ "ޖޭއޭޑީ" އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު ބުނާގޮތުން ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރުމާއި އެފަދަ ޖަމާއަތެއްގެ ލޯގޯއެއް ގެންގުޅުމާއި ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައިވާ ތަނަކަށް ސަރުކާރުގެ ހުއްދަ ނެތި ދިވެއްސަކު ދަތުރުކުރުމަކީ ޖަލު ހުކުމެއް އަންނަ ކުށެކެވެ.
ރައީސް މުއިއްޒު ބޮޑުކުރި 4000 ފްލެޓްގެ ކުލި ކުޑަކޮށްދީފި
ސޮނާކްޝީގެ ކައިވެނިން އޭނާގެ ބޭބެއިން ނުފެނުނީ ކީއްވެ؟
ދީޕިކާއާއެކު އޮތް ދެކޮޅުވެރިކަމާ ބެހޭގޮތުން އަނުޝްކާ ބުނީ ކީކޭ؟
