މި ދުވަސްކޮޅު އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދާ ޖޯޑަކީ ހަމަގައިމު ވެސް ސިދާތް މަލޯޓްރާ އާއި ކިއާރާ އަދްވާނީގެ ޖޯޑުކަމާ މެދު ޝައެއްކެއް ނެތެވެ.
މި ދެ ތަރިންގެ މެދުގައި ހާއްސަ ގުޅުމެއްވާ ކަމަށް ވާހަކަ ދެކެވެމުންދާތާ ގިނަ ދުވަސްތަކެއްވީ ނަމަވެސް އެ ދެ މީހުން އެކަމަށް އެއްބަސްވެފައި މިވަނީ ވަރަށް ފަހުންނެވެ.
މި ގުޅުމަށް މިހާރު ދުވަސްތަކެއް ވެފައިވާއިރު، ފެންނަ މަންޒަރުތަކުން މިހާރު މިވަނީ މިގުޅުން އިތުރު ހަރުފަތަކަށް ގެންގޮސްފަ އެވެ.
އެގޮތުން އިއްޔެ ކިއާރާ ވަނީ ސިދާތްގެ އާއިލާއާއެކު މެންދުރުގެ ކެއުމެއްގައި ބައިވެރިވެފަ އެވެ. މިއީ އާއިލާއަށް ކިއާރާ ތައާރަފުކޮށްދިނުމުގެ ގޮތުން ބޭއްވި ކެއުމެއް ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.
ކިއާރާއާއި ސިދާތް އާއި ވަނީ ދާދިފަހުން އެކުގައި ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް ވެސް އައިސްފަ އެވެ. މީގެ އިތުރުން ދަރްމާ ޕްރޮޑަކްޝަންއިން އުފައްދާ "ޝޭރްޝާހް" ގައި ވެސް މި ދެ ތަރިން އެކުގައި ފެނިގެންދާނެ އެވެ.
ވިއްސާރައިގައި އިންޑިއާއިން 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
ނިދި ހަމަ ކުރިޔަސް ވަރުބަލި ވަނީތަ؟ ސަބަބަކީ މިއީ ކަމަށް ވެދާނެ!
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
