ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ހަމަޖައްސައިފި އެވެ.
ސީއެމްޑީއޭ އިން ބުނީ މަނިކު އެ މަގާމަށް ހަމަޖެއްސީ އިއްޔެއިން ފެށިގެން ކަމަށެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ފުރުއްވާފައި ވަނީ މަނިކުއަކީ މާލީ ދާއިރާގައި ގިނަ ހިދުމަތް ތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ސަރުކާރުގެ އެކި މަގާމުތައް އަދާކުރައްވާފައިވާ މަނިކު މިދިޔަ އަހަރު ޕެންޝަން އޮފީހުން ވަކިވެޑައިގަތީ ފަސް އަހަރުގެ ދެ ޓާމް ފުރިހަމަ ކުރެއްވުމަށް ފަހު އެވެ.
ރާއްޖޭގެ މާލީ ބާޒާރު ބަލަހައްޓާ އިދާރާގެ ބޯޑަށް އާ ޗެއާޕާސަންއެއް ވެސް މިދިޔަ ހަފުތާގައި ވަނީ އައްޔަން ކޮށްފަ އެވެ. އެ މަގާމަށް އައްޔަން ކުރީ އެމްއެމްއޭގެ ކުރީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާ އެވެ.
ކެއުމުގައި ތަފާތު ރަހަތައް ހިމަނަން ޖެހެނީ މިހެންވެ!
ހަނގުރާމައިގެ ބޭނުމަށް ރާއްޖޭގެ އެއްވެސް ތަނެއް ބޭނުން ނުކުރެވޭނެ
ތެލުގެ އަގު ބޮޑުކުރަން ސަރުކާރުން ނުވިސްނަން: ޒަމީރު