ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޑިމޮކްރެޓްސްގެ ވިސްނުން އުޅެނީ މާ ފަހަތުގައި ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ނަޝީދަށް ރައްދު ދެއްވައިފި އެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވަނީ އެންމެ ރަނގަޅު ގޮތަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ވެސް އަދި އެމަނިކުފާނު ވެސް ވާދަނުކުރެއްވުން ކަމަށް ވިދާޅުވެފަ އެވެ.
ރައީސް ނަޝީދުގެ ވާހަކައަށް ރައްދުދެއްވަމުން ޝިޔާމް ވިދާޅުވީ ރައީސް ނަޝީދު އެ ވިދާޅުވީ އެމަނިކުފަނުގެ ވިސްނުންފުޅު ކަމަށެވެ. އަދި މި އިންތިހާބުގައި ނަޝީދު އަދި ޑިމޮކްރެޓްސް އުޅެނީ ތަންކޮޅެއް ފަހަތުގައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އެބޭފުޅުން ކެންޑިޑޭޓް ވެސް ނުދައްކާ ކަމަށާއި ޕީޕީއެމް، ޕީއެންސީ އިން މާކުރިން ވާނީ ރައީސް ޔާމީން ކެންޑިޑޭޓެއް ގޮތުގައި ނިންމައި ކެމްޕެއިން ވެސް ފަށާފައި ކަމަށެވެ.
ނަޝީދުގެ އެފަދައިން ވިދާޅުވިޔަސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީން ވާދަކުރައްވާނެ ކަމަށް ޕީޕީއެމް، ޕީއެންސީގެ އިސްބޭފުޅުން ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
"ލިސްޓަރިން"އިން ކުރެވޭ މުޅިން ތަފާތު ބޭނުންތަކެއް!
ޓެކްސީތަކަށް ޓެބްލެޓް ގަތުމުގެ ނަމުގައި ބޮޑު ވައްކަމެއް!
އީރާނަށް ނިއުކުލިއާ ހަމަލަދީފި ނަމަ ވަރުގަދަ ރައްދެއް ދޭނަން
