ކޮންމެ ހައްޖު މޫސުމެއްގައި ވެސް ކުރިމަތިވާ އެންމެ ބޮޑު އެއް އުނދަގުލަކީ ދަތުުރު ފަތުރުގެ އުނދަގުލެވެ. މައްކާގައި އެއާޕޯޓެއް ނުހުންނައިރު ހައްޖާޖީން މައްކާއަށް ދާން ޖެހެނީ މަދީނާ ނުވަތަ ޖިއްދާއިން އެއްގަމު މަގުންނެވެ.
މިއީ ގިނަ ވަގުތުތަކެއް ހޭދަވާ ދަތުރަކަށްވާއިރު ސައޫދީ އަރަބިއާގެ ސަރުކާރުން އަަބަދުވެސް އަންނަނީ ހައްޖާޖީންނަށް ފަސޭހަވާނެ މަގުތައް ހަދައިދިނުމަށް މަސައްކަތް ކުރަމުންނެވެ.
އެގޮތުން އެންމެ ފަހުން އެ ގައުމުން އިއުލާން ކޮށްފައި މިވަނީ ޖިއްދާއާއި މައްކާއާ ދެމެދު ވައިގެ ދަތުރުފަތުރަށްފުރެ ބާރަށް ދަތުރުކުރާ ރޭލު ދަތުރު ތަކެއްގެ ހަބަރެވެ.
އެ ހައިޕާލޫޕް ރޭލާއެކު ޖިއްދާއިން މައްކާއަށް ހަމަ އެންމެ ފަސް މިނެޓުން ދެވޭއިރު ވެރިރަށް ރިޔާދުން ޖިއްދާއަށް ދެވެނީ 46 މިނެޓުންނެވެ.
މި ރޭލުތަކުގެ ދުވެލި ގަޑިއަކު 1250 ކިލޯމީޓަރުގައި ރެކޯޑު ކުރެވޭއިރު މިއީ އެހެން ދަތުރުފަތުރުގެ ވަސީލަތްތަކަށްވުރެ އެތައް ގުނައެއް ބާރު ދުވެއްޔެކެވެ.
މެދު އިރުމަތީގެ ގިނަ ގައުމުތަކެއް ހިމެނޭހެން ގުޅާލެވޭ މި ނެޓްވޯކުގައި ސައޫދީ އަރަބިއާގެ އިތުރުން ކުވެއިތާއި އޮމާން އަދި އެކުވެރި އަރަބި ދައުލަތް (ޔޫއޭއީ) ހިމެނެ އެވެ.
މި ރޭލު ހިދުމަތް ތައާރަފް ކުރުމާއެކު ހައްޖާޖީންނަށާއި އެނޫން ވެސް ކަންކަމުގައި ސައޫދީ އަރަބިއާގެ މައި ސިޓީތަކަށް ދަތުރުކުރާ މީހުންނަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެ އެވެ.
އަފްލާތު ތަށިވީ ހައިމާކާއި ކޮޅުވެއްޓި އާ ދޭތެރޭ!
އެއްވެ އުޅުމާ ބެހޭ ގާނޫނު އުވާލަން އެމްޑީޕީން ހުށަހަޅައިފި
ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް ބޮލީވުޑް ފިލްމެއް!