"ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފެރެންސް 2023"ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ރާވާ އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފެރެންސް ކުރިއަށްދާނީ މިމަހުގެ އިން ޖޫން 2ގެ ނިޔަލަށެވެ.
މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ނޫސްވެރިންނާއި ޓްރެވަލް ރައިޓަރުންނާއި އިންފްލުއެންސަރުންނާއި މީޑިއާގެ ތަޖުރިބާކާރުންހިމެނެ އެވެ. އެގޮތުން "ވީވް ޔޯ މޯލްޑިވިއަން ސްޓޯރީ" ޝިއާރުގެ ދަށުން ރާއްޖޭގެ ތާރީޚާއި ސަގާފީ ތަރިކައާ ބެހޭ މަޢުލޫމާތު އަދި ވާހަކައާއި ޚަބަރު އުފެއްދުމާއި ބެހޭ އެކި މަޢުލޫމާތު ބައިވެރިންނަށް ފޯރުކޮށްދޭނެ އެވެ. އަދި މީގެ އިތުރުން މި ކޮންފަރެންސްގައި ދިވެހި އުފެއްދުންތައް ދައްކާލާ ސްޓޯލްތައްވެސް ހުންނާނެ އެވެ.
ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލާސް ކޮންފަރެންސް 2023 ވެގެންދާނީ އެމްއެމްޕީއާރްސީގެ މިއަހަރުގެ އެންމެ ބޮޑު މާކެޓިން އިވެންޓަށެވެ.
ދިވެހިރާއްޖޭގެ ހޮސްޕިޓާލިޓީ އިންޑަސްޓްރީގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ޕާޓްނަރެއްގެ ގޮތުން ދިރާގު އަބަދުވެސް މަސައްކަތް ކުރަނީ މި ދާއިރާ ކުރިއެރުވުމަށް ހިންގާ އެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެއްބާރުލުންދިނުމަށެވެ.
			ހެއިޑީގެ މި ހެދުމަށް ގިނަ ބައެއްގެ ސަމާލުކަން!
		
			"ބާލީ" ފެނުން ސިއްހަތަށް އެތައް ފައިދާތަކެއް!
		
								
								