މަޝްހޫރު ރިއަލިޓީ ޝޯ "ބިގްބޮސް" ސީޒަން ހަތަރެއް ކާމިޔާބުކުރި ބަތަލާ ގޯހަރް ޚާނަށް ފިރިހެން ކުއްޖެ ލިބިއްޖެ އެވެ.
ގޯހަރު އާއި އެކްޓަރު އަދި ނެށުންތެރިޔާ، ޒައިދު ދަރްބާރް ކައިވެނިކުރީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގަ އެވެ.
ބަތަލާ ގޯހަރު އަށް ފުރަތަމަ ދަރިފުޅު ލިބުނުކަން އިއުލާންކުރީ އިއްޔެ އެވެ. ގޯހަރު އިންސްޓަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެމީހުންނަށް ފިރިހެން ކުއްޖަކު ލިބިފައިވާ ކަމަށެވެ. މިޕޯސްޓާއެކު އެދެމީހުންނަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ.
މިއަހަރު ގޯހަރު އާއި ޒައިދު ވަނީ މައްކާއަށް ގޮސް އުމުރާގެ އަޅުކަން ވެސް ފުރިހަމަ ކޮށްފަ އެވެ.
ޒައިދަކީ ޑައިރެކްޓަރް ސަންޖޭ ލީލާ ބަންސާލީ 1999 ގައި ގެނެސްދިން ކާމިޔާބު ފިލްމު "ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި 2002 ގެ "ދޭވްދާސް" ގެ މިއުޒިކް ޑައިރެކްޓަރް އިސްމާއީލް ދަރްބާރްގެ ދަރިއެކެވެ.
ގޯހަރް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "އިޝަގްޒާދޭ" އާއި "ފީވާ" އާއި "ބޭގަމް ޖާން" ހިމެނެ އެވެ. އަދި ގޯހަރަކީ ބައެއް ޝޯތައް ހުށަހަޅައިދީފައިވާ ފަންނާނެކެވެ.
ތާބޫގެ ޝަހުސީ ހައްގުތައް ހިމާޔަތް ކުރަން ދިއްލީ ހައި ކޯޓަށް!
ބިންތައް ސަރުކާރަށް ނެގުމާ ދެކޮޅަށް ޕީއެންސީގެ ކައުންސިލަރަކު!
މަރުވެފައިވާ މީހުންގެ އެކައުންޓުތަކަށް 10 މިލިއަން ރުފިޔާ ޖަމާވި